Thursday, February 4, 2010

އިސްލާމީ ނަޒަރަކުން ޖަނަވާރުންގެ ޙައްޤުތައް!

އަލްއަޚް މުޙައްމަދު ސިނާން
މަޢުޟޫއަށް ދިޔުމުގެ ކުރިން، ޙައްޤުތައް ދިފާޢުކުރުމުގެ ނަމުގައި ހެދުން އަޅައިގެން، އަޑުގަދަކުރަމުންދާ ހުޅަނގުގެ ޤައުމުތަކުން، އެބައިމީހުންގެ އެދުންތައް ޙާޞިލުކުރުމަށްޓަކައި، ޖަނަވާރުތަކުގެ ޙައްޤު ނިގުޅައިގަންނަ ހާދިސާއެއް ފޮޓޯއާއިއެކު ބައްލަވާ ލައްވާށެވެ. ރަޙުމެއް ހުންނަ ހިތެއްގެ ވެރިޔަކަށް ބައެއް ފޮޓޯތައް ބެލުމަށް ނުކުޅަދާނަވެދާނެއެވެ. ނަމަވެސް ޙަޤީޤަތް ބަޔާންކޮށްދިނުމުގެ ގޮތުން މިފަދަ ފޮޓޯވެސް ހިމަނާލީމެވެ. ފޮޓޯއިން ތިފެނިވަޑައިގަންނަވަނީ ފުރާންސްގައި މަޝްހޫރު ކެއުމުގެ ބާވަތެއްކަމުގައިވާ "ފޮއި ގުރަސް"(Foi Gras) އިނގިރޭސިބަހުންނަމަ "ފެޓީ ލިވަރ" (Fatty liver) ކިޔާ ބާވަތެއްގެ ކެއުމެކެވެ. މިކެއުން ތައްޔާރުކުރަނީ، އަސްދޫނި ނުވަތަ އެއާއިލާގެ "ގޫސް" ކިޔާބާވަތުގެ އަސްދޫންޏަށް ގަދަކަމުން ކާންދީގެނެވެ. ގިނައިން ކާންދިނުމުގެ ސަބަބުން މޭ ފަލަވެ ބޮޑުވެއެވެ. މިކެއުން ތައްޔާރުކުރާގޮތް ބައްލަވާ ލައްވާ! (އިތުރަށް ވިދާޅުވޭ)

No comments:

Post a Comment