Thursday, February 11, 2010

ތުނބުޅި ދިގުކުރުމުގެ ޥާޖިބުކަން

ދީނީ ފޮތް
ކީރިތި ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްވާ އިސްލާމުންގެ ކަންކަމާއި މެދު އަހުރެން އެންމެ ބޮޑަށް ޢަޖާއިބުވާ ކަމީ އެމީހުން އެކަލޭގެފާނުގެ ޞޫރަފުޅަށާއި ވައްތަރަށް އަދި އެކަލޭގެފާނުންގެ ފޭރާންކޮޅަށާއި ސިފަފުޅަށް ލޯބި ނުކުރާކަމެވެ. އެބައިމީހުން ތުނބުޅިވެސް ބާލާ އޮމާންކުރާކަމެވެ. ސަލާމާއި ޞަލަޥާތް ލެއްވި މާތް ނަބިއްޔާގެ ބަސްފުޅާއި ޢަމަލުފުޅަށް މިބާވަތުގެ އެންމެހާ ކަންކަމުގައިވެސް އިޤްތިދާއު ނުވާކަމެވެ. ތަބާޢް ނުވާކަމެވެ. ޞައްޙަ ޙަދީޘް ފޮތްތަކުގައްޔާއި، އަދި ހަތަރު މަޛްހަބްގެ ފޮތްތަކުގައި ޞަރީޙަކޮށް ބަޔާން ކުރައްވާފައިވާ ފަދައިން ތުނބުޅި ބޭލުމަކީ ބޮޑުވެގެންވާ މުންކަރާތެކެވެ. އަދި ނުބައިވެގެންވާ ފާފައެކެވެ.

އާދެ! ތުނބުޅި ދިގުކުރުމަކީ ހަމަ ކަނޑައެޅިގެން ޥާޖިބު ކަމެކެވެ. ތުނބުޅި ބޭލުމަކީ ކަނޑައެޅިގެން ޙާރާމް ކަމެކެވެ. މިހެންދެންނެވީ އަޅުގަނޑެއް ނޫނެވެ. ކީރިތި ނަބިއްޔާއެވެ. އަދި އެކަލޭގެފާނަށްފަހު އައި ދީނުގެ ދަންނަބޭކަލުންނެވެ. މަޝްހޫރު ހަތަރު މަޛްހަބުގެ އިމާމުންނާއި އެބޭކަލުންގެ ދަރިވަރުންވެސްމެއެވެ. ވީމާ މައްސަލައަކީ އޮޅެންވީ މައްސަލައެއް ނޫނެވެ. ނުހަނު ސާފުކޮށް އަލިކޮށް އޮތް މައްސަލައެކެވެ. ދީނުގެ ޢަދާޥާތްތެރިންގެ އޮއިވަރުގައި ޖެހި ބެހިގެން ގޮސްފައިވާ މީހަކު މެނުވީ މިކަމާ އިންކާރެއް ނުކުރާނެއެވެ. ކިތަންމެ ބަޔަކު ޤަބޫލު ނުކުރިޔަސް އަދި ނުރުހި ތިިއްބަސް ޙައްޤުވާނީ ހަމަ ޙައްޤަށެވެ. (އިތުރަށް ވިދާޅުވޭ)

No comments:

Post a Comment